1438 ވަނަ އަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކޮށްފި

1438 ވަނަ އަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އެގޮތުން ސެޕްޓެމްބަރ 1 ވީ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ކައްލި ކުޅުމާއި، މަސްރޭހާއި ތިންމުގޯލި ކުޅުން ހިމެނެއެވެ. ސެޕްޓެމްބަރ 2 ވީ ހޮނިހިރު ދުވަހު ރިލޭރޭހާއި ދުވުމުގެ ރޭހުގެ އިތުރުން އަންހެންވެރިންގެ ތިންމުގޯލި މުބާރާތް ކުރިއަށް ގެންދެވުނެވެ. ސެޕްޓެމްބަރ 3 ވީ އާދިއްތަ ދުވަހު ކުރިއަށް ގެންދެވުނީ ސްކާޕް ގެންދިއުމާއި، ދުވާބައިބަލާ އަދި ތިންމުގޯލި މުބާރާތެވެ. ސެޕްޓެމްބަރ 4 ވީ ހޯމަ ދުވަހު ތިންމުގޯލީގެ އިތުރުން މާލި ޕެރޭޑާއި ހޭވައްލާ ކުރިއަށް ގެންދެވުނެވެ.