ކުރިމަގު ޕްރީސްކޫލުގެ ޤުރުއާން މުބާރާތް ބާއްވައިފި

ކުރިމަގު ޕްރީސްކޫލުގެ 1439 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ބާއްވައިފިއެވެ.

މި މުބާރާތް ބާއްވާފައިވަނީ 23 ސެޕްޓެމްބަރ 2017 ވީ ހޮނިހިރު ދުވަހު ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަގުކަޒުގައެވެ. މި މުބާރާތުގައި ކުރިމަގު ޕްރީސްކޫލުގެ ހުރިހާ ދަރިވަރުން (ނާސަރީ/ބޭބީ ނާސަރީ) ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގައި ރަށުގައި ބްރިޖިން ޕްރޮގްރާމުގެ ޤުރުއާން މާއްދާ ނަގައިދޭ ހައްވާ އަޒްލިފާ / ދޫރެސްގެ އެއްބާރުލުން ލިބިފައިވެއެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ހިތްތަކުގައި ޤުރުއާނަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަގްސަދުގައި ބޭއްވި މުބާރާތެކެވެ.