ކޭބަލް ޓީވީގެ ޚިދުމަތް ދިނުމާބެހޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންނާއި ބައްދަލުކޮށްފި

ކޭބަލް ޓީވީގެ ޚިދުމަތް ދިނުމާބެހޭގޮތުން މަޝްވަރާކުރުމަށް 1 އޮކްޓޯބަރ 2017 ވީ އާދިއްތަ ދުވަހު ވޭވްލެންތް އާއި ކުރިނބީ ކައުންސިލުން ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގައެވެ. މި ބައްދަލުވުމުގައި ކޭބަލް ޗޮއިސްގެ ބޭފުޅުންގެ އިތުރުން ކުރިނބީ ކައުންސިލްގެ ރައީސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އެގޮތުން މީޑިއާ ނެޓްގެ ޕެކޭޖްތަށް ލިބޭނެ އަގުތަކާއި ޚިދުމަތުގެ ކަނެކްޝަން ފީގެ ގޮތުގައި ނަގާނެ މިންވަރު ރައްޔިތުންނަށް އޮޅުންފިލުވައިދިނެވެ. މި ބައްދަލުވުމުގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.