ފުޑް ސެކިއުރިޓީ ޕްރޮގްރާމުގެ ދަށުން ލިބުނު ގަސްތަށް ރައްޔިތުންނަށް ދޫކޮށްފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ފުޑް ސެކިއުރިޓީ ޕްރޮގްރާމުގެ ދަށުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުޑުވަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން 16 އޮކްޓޯބަރ 2017 ވީ އަންގާރަ ދުވަހު ރައްޔިތުންނަށް ގަސް ދޫކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންނަށް ދޫކޮށްފައިވާ ގަހުގެ ތެރޭގައި ފަތްކެޔޮ، ދަނޑިއަލުވި، އޮޅުއަލަ، ޖަނބުރޯލު އަދި ބަނބުކެޔޮ ހިމެނެއެވެ.