2017 ވަނަ އަހަރުގެ ކުރިމަގު ޕްރީސްކޫލު ދިވެހިދުވަސް ފާހަގަކޮށްފި

15 އޮކްޓޯބަރ 2017 ވީ އާދިއްތަ ދުވަހު ކުރިމަގު ޕްރީސްކޫލްގެ 2017 ވަނަ އަހަރުގެ ދިވެހި ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތެއް ކުރިއަށް ގެންދެވުނެވެ. އެގޮތުން މި ހަރަކާތުގައި ބޭބީ ނާސަރީ އަދި ނާސަރީ ކުދިން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުރިނބީ ސްކޫލުގެ ދިވެހި މުދައްރިސް އަލްފާޟިލް ޢަބްދުއްރައްޒާގު މުޙައްމަދެވެ. މި ހަރަކާތުގައި ކުރީޒަމާނުގައި ބޭނުންކުރި ތަކެއްޗާއި (އެގޮތުން މުޅޯށި، ބަނޑިޔާ ފަދަ ތަކެތި) އަދި މީހުން ލާން ގެންގުނުޅު ހެދުން ދައްކާލާފައިވެއެވެ. އަދި ބަނދި، ރައިވަރުފަދަ ތަކެތި ކުދިން ހުޅަހަޅާދީފައިވެއެވެ.