ހދ.އަތޮޅު ކައުންސިލްގެ މެންބަރުން ކުރިނބީއަށް ޒިޔާރަތްކޮށްފި

ހދ.އަތޮޅު ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން ތައާރަފްވުމުގެ ގޮތުން 11 އޮކްޓޯބަރ 2017 ވީ ބުދަ ދުވަހު ކުރިނބީއަށް ޒިޔާރަތްކޮށްފިއެވެ.

ހދ.އަތޮޅު ކައުންސިލްގެ މެންބަރުން ކުރިނބީއަށް ކުރި ޒިޔާރަތުގައި މިރަށުގެ މުއައްސަސާތަކާއި ބައްދަލުކުރައްވައި އެ މުއައްސަސާތަކަށް ބޭނުންވާ ކަންކަމާއި ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތަށް އޮޅުންފިލުވިއެވެ. އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް، ނައިބުރައީސް އަދި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އަތޮޅު ކައުންސިލުން ކުރަން ރާވާފައިވާ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނެވެ.