މިއަހަރުގެ ޤަޢުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
1439 ވަނަ އަހަރުގެ ޤަޢުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިރޭ 20:00 ގައި ބޭއްވި މިރަސްމިއްޔާތުގައި ކުރިނބީގެ ހުރިހާ މުއައްސަސާތަކެއްގެ އިސްވެރިންނާއި މުވައްޒަފުން، ބައިވެރިވެ ވަޑައިގެންނެވިއެވެ. ޤަޢުމީ ދުވަހުގެ ދިދަ ނަންގަވައިދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަފްރާޙް އެވެ.