“ކައުންސިލް ކަޕް 2017” ފެށިއްޖެ

ކުރިނބީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ފެށިއްޖެއެވެ. މި އަހަރުގެ ކައުންސިލް ކަޕް ފެށިފައިވަނީ 1 ޑިސެމްބަރ 2017 ވަނަ ދުވަހުއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި ހޮވާ ވަނަވަނައަށް ބަލާލާއިރު ޗެމްޕިއަން ޓީމަށް ރަށުކައުންސިލުން ހުށައަޅާ ވާދައިގެ ތަށި، މެޑަލް، ސެޓްފިކެޓް، 6000 (ހަހާސް) ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ރަނަރއަޕް ޓީމަށް ކުރިނބީ ރަށުކައުންސިލުން ދޭ މެޑަލް، ސެޓްފިކެޓާއި 2500 (ދެހާސް ފައްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން މުބާރާތުގެ ކުޅިވަރުގެ ރޫޙާއި އެއްގޮތަށް ކުޅުނު ޓީމަށް ރަށުކައުންސިލުން ހުށައަޅާ 500 ރުފިޔާއާއި، ސެޓްފިކެޓްލިބޭނެއެވެ. މުބާރާތުގައި ހޮވިގެންދާނެ އިތުރު މަގާމްތަކުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (މޯސްޓް ވެލިޔުބުލް ޕްލޭޔަރ)، މެޗުތަކުގެ މޭން އޮފް ދަ މެޗް، އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރ އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހިމެނެއެވެ.