ފެބްރުއަރީ މަހުގެ ރައްޔިތު ބައްދަލުވުން ބާއްވައިފި

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ފެބްރުއަރީމަހު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތު ބައްދަލުވުން ކުރިނބީ ކައުންސިލުން ބާއްވައިފިއެވެ. ކުރިނބީ ކައުންސިލުން މި ބައްދަލުވުން ބާއްވާފައިވަނީ 2018 ފެބްރުއަރީ 27 ވީ އަންގާރަ ދުވަހުގެ ރޭ 8:45ގައި ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގައެވެ.

މި ބައްދަލުވުމުގައި 2017ވަނަ އަހަރު ކުރިނބީ ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓާއި ކުރިނބީ ކައުންސިލްގެ މާލީ ޚުލާސާ ރައްޔިތުންނާ ހިއްސާކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ކައުންސިލުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިހުރި ބައެއް ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވެއެވެ.