ކުރިނބީ ކައުންސިލް ޤުރުއާން މުބާރާތް ބާއްވައިފި

ހދ.އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތުގައި ވާދަކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ ކުރިނބީ ކައުންސިލްގެ ޤުރުއާން މުބާރާތް ބާއްވައިފިއެވެ. މި މުބާރާތް ބާއްވާފައިވަނީ 10 މާރޗް 2018 ވީ ހޮނިހިރު ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގައެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 9 އަހަރުން ދަށުގެ އުމުރުފުރާއިން 2 ކުދިން، 11 އަހަރުންދަށުގެ އުމުރުފުރާއިން 2 ކުދިން، 13 އަހަރުން ދަށުގެ އުމުރުފުރާއިން 3 ކުދިން އަދި 16 އަހަރުން ދަށުގެ އުމުރުފުރާއިން 10 ކުދިން، ޖުމްލަ 17 ކުދިން ބައިވެރިވެފައިވެއެވެ. ނުބަލާ ކިޔެވުމުގެ ގޮފިން އެއްވެސް ފަރާތެއް ބައިވެރިވެފައެއް ނުވެއެވެ.

ކުދިންގެ ކިޔެވުމަށް ބަލައި އަތޮޅު ޤުރުއާން މުބާރާތުގައި ވާދަކުރުމަށް ހޮވިފައިވަނީ 8 ކުއްޖެކެވެ. އެއީ:

ފާޠިމަތު ސިނާ މުޙައްމަދު (16 އަހަރުންދަށް – ބަލައިގެން ކިޔުން)
ފަރްޝާ ޢަބްދުއްރަޙްމާން (16 އަހަރުންދަށް – ބަލައިގެން ކިޔުން)
އާމިނަތު ސަރާ (16 އަހަރުންދަށް – ބަލައިގެން ކިޔުން)
ސައުސަން ޢަބްދުﷲ (16 އަހަރުންދަށް – ބަލައިގެން ކިޔުން)
ޖުމާނާ ޙަސަން (16 އަހަރުންދަށް – ބަލައިގެން ކިޔުން)
އާމިނަތު ޝައިބާ (16 އަހަރުންދަށް – ބަލައިގެން ކިޔުން)
ރައުލާ އަބްދުއްސަލާމް (16 އަހަރުންދަށް – ބަލައިގެން ކިޔުން)
އަފްނާން މުޙައްމަދު (16 އަހަރުންދަށް – ބަލައިގެން ކިޔުން)