ހދ.ކުރިނބީ ހިނަވާގެ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ.ކުރިނބީ ހިނަވާގެ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 24 ޖޫން 2018 ވީ އާދިއްތަދުވަހުގެ މެންދުރުފަހު 12:20 ގައި ކުރިނބީ ކައުންސިލްއިދާރާގައެވެ.

މި އެއްބަސްވުމުގައި މިކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙްއެވެ. އަދި ހާވިލާ ކާޕެންޓްރީ އެންޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ހދ. ކުރިނބީ، ހާވިލާ / މުޙައްމަދު ސަލީމް އެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ -/596,100 (ފަސްލައްކަ ނުވަދިހަ ހަ ހާސް އެއްސަތޭކަ ރުފިޔާ) އެވެ. މި މަސައްކަތުގެ މުއްދަތަކީ 45 ދުވަހެވެ. މުއްދަތު ގުނާނީ ހުކުރު ދުވަސްތައް ނުހިމަނައެވެ.