2018 ވަނަ އަހަރުގެ ޖުލައި މަހުގެ ރައްޔިތު ބައްދަލުވުން ބާއްވައިފި

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ޖުލައިމަހު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތު ބައްދަލުވުން ކުރިނބީ ކައުންސިލުން ބާއްވައިފިއެވެ. ކުރިނބީ ކައުންސިލުން މި ބައްދަލުވުން ބާއްވާފައިވަނީ 2018 ޖުލައި 30 ވީ ހޯމަ ދުވަހުގެ ރޭ 20:45 ގައި ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް، ނައިބުރައީސް ޢަބްދުލްފައްތާޙު އަބޫބަކުރު އަދި ޒިންމާދާރުވެރިޔާ އަލީ ޒިޔާދު އަޙްމަދު ވާހަކަ ދެއްކެވިއެވެ. އެގޮތުން މި ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަހު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި، ކުރިއަށް ރޭވިފައިހުރި ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. 2019 ވަނަ އަހަރަށް ކައުންސިލުން އެކުލަވާ މަސައްކަތު ތާވަލާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި ވާހަކަ ދެކެވިފައިވެއެވެ.