ހދ.ކުރިނބީ ފުޓްސަލް ދަނޑު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ.ކުރިނބީ ފުޓްސަލް ދަނޑު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 13 ސެޕްޓެމްބަރ 2018 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:20 ގައި ކުރިނބީ ކައުންސިލްއިދާރާގައެވެ.

މި އެއްބަސްވުމުގައި މިކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙްއެވެ. އަދި ހާވިލާ ކާޕެންޓްރީ އެންޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ހދ. ކުރިނބީ، ހާވިލާ / މުޙައްމަދު ސަލީމް އެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ -/758,801 (ހަތް ލައްކަ ފަންސާސް އަށް ހާސް އަށްސަތޭކަ އެއް ރުފިޔާ) އެވެ. މި މަސައްކަތުގެ މުއްދަތަކީ 85 ދުވަހެވެ. މި ދުވަސްތައް ގުނޭނީ މި މި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން މިމަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމާ މަސައްކަތް ފެށުމަށް 10 (ދިހައެއް) ދުވަސް ދިނުމަށް ފަހުގައެވެ. މުއްދަތު ގުނާނީ ހުކުރު ދުވަހާއި ދީނީ ބަންދު ދުވަސްތަށް ނުހިމަނައެވެ.