ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2018 ނޮވެމްބަރ 25 ގައި

ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހު ކުރިނބީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2018 ނޮވެމްބަރ 25 ވާ އާދިއްތަ ދުވަހު ފަށާގޮތަށް ކައުންސިލުން ހަމަޖައްސައި އެކަން އިޢުލާނުކޮށްފިއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 1 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި އިދާރާއަށް ދުރުވެ ނުވަތަ މުބާރާތުގެ ފޯކަލް ޕޮއިންޓް، ކައުންސިލްގެ ނައިބުރައީސް އަބްދުލްފައްތާހު އަބޫބަކުރު (9640403) އަށް ގުޅުއްވައިގެން ނަންނޯޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ކައުންސިލުން -/10,000 (ދިހަ ހާސް ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ.