ކައުންސިލް ކަޕްގައި ހަތަރު ޓީމުން ބައިވެރިވެއްޖެ
މިމަހުގެ 25 ވަނަ ދުވަހު ބާއްވާ ކައުންސިލް ކަޕް 2018 ގައި ހަތަރު ޓީމުން ބައިވެރިވެއްޖެއެވެ.
ބައިވެރިވެފައިވާ ޓީމްތަކަކީ އެފް.ސީ ސަވައިވާރސް، އެފް.ސީ ވައިކިންގްސް، އެފް.ސީ ރައިނޯސް، އަދި ވާހޯކްސް އެވެ. މުބާރާތް ކުރިއަށްދާނީ އެއްބުރަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.
މުބާރާތް ފަށާ މެޗުގައި ބައްދަލުކުރާނީ އެފް.ސީ ރައިނޯސް އަދި ވާހޯކްސް އެވެ. 2017 ވަނަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން ޓީމަކީ ވާހޯކްސް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 (ދިހަހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ކުރިނބީގައި ބާއްވާތާ އެންމެ ދުވަސްވީ އަދި އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރް މަހުގެ 2 ވަނަ ދުވަހުއެވެ.
މުބާރާތް ކުރިއަށްދާނެ ގޮތުގެ ތާވަލް
25.11.2018 | ވާހޯކްސް | އެފްސީ ރައިނޯސް |
26.11.2018 | އެފްސީ ވައިކިންގްސް | ސަވައިވާސް |
27.11.2018 | ވާހޯކްސް | ސަވައިވާސް |
28.11.2018 | އެފްސީ ރައިނޯސް | އެފްސީ ވައިކިންގްސް |
29.11.2018 | އެފްސީ ވައިކިންގްސް | ވާހޯކްސް |
30.11.2018 | އެފްސީ ރައިނޯސް | ސަވައިވާސް |
02.12.2018 | ފައިނަލް މެޗު |