ކައުންސިލްކަޕްގެ ފެށުން ވާހޯކްސް އިން ރަނގަޅުކޮށްފި

މިއަދު ފެށި ކައުންސިލް ކަޕް 2018 ގެ ފެށުން ވާހޯކްސް އިން ރަނގުކޮށްފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިއަދު ބައްދަލުކުރީ ވާހޯކްސް އަދި އެފްސީ ރައިނޯސް އެވެ. 2-1 ގެ ނަތީޖާ އަކުން ވާހޯކްސް އިން މެޗު ކާމިޔާބު ކުރިއިރު މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގައެވެ.

ވާހޯކްސް އިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ފަސްވަނަ މިނެއްޓުގައި ހުސައިން އިޔާޒެވެ. މިލަނޑާއެކު އެފްސީ ރައިނޯސް ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކުރަން ކުރި މަސައްކަތުން 22 ވަނަ މިނެއްޓުގައި މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އަހުމަދު އަޒުމީއެވެ. ދެޓީމް އެއްވަރުވެ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ވާހޯކްސް އަށް ލީޑް ނަގައިދިނީ ވާހޯކްސްގެ އަބްދުﷲ ނަޝީދެވެ. މެޗު ނިމިގެން ގޮސްފައިވަނީ މިނަތީޖާގައެވެ.

މިއަދު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވާހޯކްސް ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ހުސައިން އިޔާޒެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ސަވައިވާރސް އަދި ވައިކިންގްސް އެވެ.