އެލްޖީއޭ އިން ކުރިނބި ކައުންސިލް މޮނިޓަރ ކޮށްފި

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިނބީ ކައުންސިލް މޮނިޓަރ ކޮށްފިއެވެ.

މޮނިޓަރ ކުރުން ކުރިއަށް ގޮސްފައިވަނީ މިމަހު 4 ކުން 6 ގެ ނިޔަލަށެވެ. މި މޮނިޓަރ ކުރުމުގައި އެލްޖީއޭއިން ބަލާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން އިން 2018 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ކުރިނބީ ކައުންސިލުން ހިންގާފައިވާ މުއާމަލާތް ތަކެވެ.

އެލްޖީއޭގެ ފަރާތުން އައި މޮނިޓަރ ޓީމްގައި 3 ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ. މި ޓީމުންވަނީ ކުރިނބީގައި އެލްޖީއޭ އިން ހިނގި ޕޮރޮޖެކްޓެއް ކަމަށްވާ ހިނަވާގޭގެ މަސައްކަތްވެސް ބައްލަވާލައި ފައެވެ.