ކުރިނބީ ކައުންސިލް އަދި ސްކޫލް ޤުރުއާން މުބާރާތް ފެބްރުއަރީ 10 ވަނަ ދުވަހު

ކުރިނބީ ކައުންސިލާއި ކުރިނބީ ސްކޫލް ގުޅިގެން ބާއްވާ ޤުރުއާން މުބާރާތް 2017 ފެބްރުއަރީ 10 ވާ ހުކުރު ދުވަހު ފަށާނެއެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 21 ބައިވެރިންނެވެ. ނުބަލާ ކިޔުމުގެ ގޮފީގައި އެއްވެސް ކުއްޖަކު ބައިވެރިވެފައި ނުވެއެވެ. ބަލައިގެން ކިޔުމުގެ ގޮފީގައި 6 އަހަރުން ދަށުގެ އުމުރުފުރާގައި، 7 އަހަރުން ދަށުގެ އުމުރުފުރާގައި، 19 އަހަރުން ދަށުގެ އުމުރުފުރާގައި އަދި 21 އަހަރުން ދަށުގެ އުމުރުފުރާގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވެއެވެ. 9 އަހަރުން ދަށުގެ އުމުރު ފުރާގައި 3 ކުދިން ބައިވެރވެފައިވާއިރު 11 އަހަރުން ދަށުގެ އުމުރު ފުރާގައި ބައިވެރި ވެފައިވަނީ 2 ކުދިންނެވެ. އަދި 13 އަހަރުން ދަށުގެ އުމުރު ފުރާގައި 8 ކުދިން ބައިވެރިވެފައިވާއިރު 16 އަހަރުން ދަށުގެ އުމުރު ފުރާގައިވެސް ބައިވެރިވެފައިވަނީ 8 ކުދިންނެވެ.

މުބާރާތުގައި ކުދިން ކިޔަވަން ޖެހޭ ތަރުތީބު މިހާރު އާންމުކުރެވިފައިވާއިރު މި މުބާރާތް ފަށާނީ 2017 ފެބްރުއަރީ 10 ވާ ހުކުރު ދުވަހު ހެނދުނު 8:30 ގައި ކުރިނބީ ސްކޫލުގައެވެ.

މި ޤުރުއާން މުބާރާތަކީ އަތޮޅު ޤުރުއާން މުބާރާތަށް ކުދިން ނެގުމަށް ބާއްވާ މުބާރާތެއް ކަމަށްވާތީވެ ޤުރުއާން މުބާރާތް ކުރިއަށް ގެންދަނީ އަތޮޅު ޤުރުއާން މުބާރާތުގެ މުޤައްރަރަށާއި ޤަވާއިދަށް ބަލައިގެންނެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ ރަށުން ބޭރު 3 ފަނޑިޔާރުންނެވެ.