ބަނދަރު ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބަނދަރު ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމުގެ އެއްބަސްވުމުގައި މިމަހު 19 ވަނަ ދުވަހު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަފްރާހެވެ. ބިން ކުއްޔަށް ހިފި ފަރާތަކީ މިރަށު ރަބީޢުގެ އަލްފާޟިލް ޙަސަން މަޢުސޫމްއެވެ.

ހދ. ކުރިނބީ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރިކުރުމަށްޓަކައި ކުއްޔަށްދޫކުރެވިފައިވާ ބިމުގައި 90 ދުވަހުގެ ދުވަހުގެ ތެރޭގައި ތެލުގެ ޚިދުމަތް ދޭން ފެށުމަށް ބިން ކުއްޔަށްނެގި ފަރާތުން އެއްބަސްވެއެވެ.