ކުރިމަގު ޕްރީސްކޫލުގައި ޕާޓިޝަންޖަހައި ސީލިންގު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފި

ކުރިމަގު ޕްރީސްކޫލުގައި ޕާޓިޝަންޖަހައި ސީލިންގު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބިޑްއުސޫލުން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްކަމުގައިވާ “ޓީމް ބިއަރޑް” އާއިއެވެ. އެގޮތުން ޓީމް ބިއަރޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހދ.ކުޅުދުއްފުށީ، ނޫވިލް، ޙަސަން މުޙައްމަދު އެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙްއެވެ.
މި މަސައްކަތުގެ އަގަކީ -/45,000 (ސާޅީސް ފަސް ހާސް ރުފިޔާ) އެވެ. 25 ދުވަހުގެ މުއްދަތުގައި މި މަސައްކަތް ނިންމައިދިނުމަށް ޓީމް ބިއަރޑް އިން އެއްބަސްވެއެވެ.