މިއަދަކީ އައި ކޭމްޕުގައި ނަންނޯޓްކުރުމުގެ އެންމެ ފަހު ދުވަސް

މި ކައުންސިލާއި، މާކްޔޫރޯ ހޯލްޑިންގ އާއި ގުޅިގެން ބާއްވާ ޚާއްޞަ އައި ކޭމްޕަށް ނަން ނޯޓް ކުރުމުގެ ފުރުޞަތު މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ.

ޖަނަވަރީ  2 އިން 3 އަށް ކުރިނބީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި ޚާއްޞަ ލޮލުގެ ފަރުވާދޭ ކޭމްޕުން ފަރުވާ ހޯދަން ބޭނުންފުޅު ފަރާތްތަކުން ނަންބަރު 9151520 ނުވަތަ 6520036 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ލޮލުގެ ފަރުވާދޭ ކޭމްޕުން ލޮލުގެ ނަންބަރު ނަގައިދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ. ކޭމްޕުން ލޮލުގެ ނަންބަރު ނަގައިދިނުމުގެ އިތުރުން ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ހަމައެއާއެކު، ތަފާތު ވައްތަރުގެ އަވި އައިނާއި، ކޮމްޕިއުޓަރ/ޓީވީ ބެލުމަށް ޚާއްޞަ ޕޮރެޓެކްޝަން އައިނު ވަރަށް ޚާއްޞަ އަގުތަކެއްގައި މި ކޭމްޕުން ލިބެން ހުންނާނެއެވެ.