ކުރިނބީގައި އައި ކޭމްޕް ފެށިގެން ކުރިއަށްދަނީ

ކުރިނބީ ކައުންސިލާއި، މާކްޔޫރޯ ހޯލްޑިންގ އާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ އައި ކޭމްޕް ފެށިއްޖެއެވެ.

ކައުންސިލާއި މާކްޔޫރޯ ހޯލްޑިން ގުޅިގެން ކުރިއަށްގެންދާ އައިކޭމްޕްގެ ތެރެއިން

މިއަދު ހަވީރާ ހަމައަށް ކުރިނބީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި ޚާއްޞަ ލޮލުގެ ފަރުވާދޭ ކޭމްޕު ކުރިނބީ އިޖުތިމާއީ މަރުކަޒުގައި ފެށިގެން ކުރިއަށްދާއިރު ލޮލުގެ ނަންބަރު ނަގައިދެމުންދަނީ ހިލެއެވެ. މި ކޭމްޕުން ލޮލުގެ ނަންބަރު ނަގައިދިނުމުގެ އިތުރުން ނަންބަރު އައިނު
ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކައުންސިލާއި މާކްޔޫރޯ ހޯލްޑިން ގުޅިގެން ކުރިއަށްގެންދާ އައިކޭމްޕްގެ ތެރެއިން

މި އައި ކޭމްޕުން ގިނަ ވައްތަރުތަކެއްގެ އައިނު ދުނިގަނޑު ލިބެންހުރިއިރު، ތަފާތު ވައްތަރުގެ އަވި އައިނާއި، ކޮމްޕިއުޓަރ/ޓީވީ ބެލުމަށް ޚާއްޞަ ޕޮރެޓެކްޝަން އައިނު ވަރަށް ޚާއްޞަ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.