ރަށުގެ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަށް ހޯދަނީ

ހދ.ކުރިނބީގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ބެހެލެއްޓުމަޢް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކުރިނބީގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ބަލަހައްޓަމުން އަންނަނީ ކުރިނބީ ކައުންސިލްގެ ބެލުމުގެ ދަށުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެލަވަންސެއް ދޭގޮތަށެވެ.

ކުރިނބީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ދަންނަވާފައިވާގޮތަށް، ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރަން ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ޖަނަވަރީ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކުރިނބީ ކައުންސިލްގައި ނަން ނޯޓް ކުރެއްވުމަށް އެދެމެވެ.

މިހާރު މި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުންވެސް އަލުން ނަންނޯޓް ކުރަންޖެހޭނެއެވެ.

ކުރިނބީއަކީ ސާފު ޠާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މިހާރުވެސް ކޮންމެ  ހަފްތާއަކު ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރަމުންދެއެވެ.