ރޭންކިންގެ އެއްވަނަ ލިބުން ކުރިނބީ ކައުންސިލުން ފާހަގަކޮށްފި

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިންގެ އިން ހދ އަތޮޅުން އެއްވަނައަށް ކުރިނބީ ކައުންސިލް އައުމުން އެކަން ކުރިނބީ ކައުންސިލުން ފާހަގަ ކޮށްފިއެވެ.

މިގޮތުން ކުރިނބީ ކައުންސިލުންވަނީ މިކަން ފާހަގަކޮށް މިއަދު ހެނދުނު ކުރިނބީ ކައުންސިލްގައި ކޭކު ފަޅައިފައެވެ. ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ވިދާޅުވީ، “ކުރިނބީ ކައުންސިލަށް ލިބުނު ކާމިޔާބީ މި ފާހަގަކުރީ، ކައުންސިލްގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، މިކާމިޔާބީ އާއި ހަމައަށް ވާޒިލު މިވެވުނީ އިދާރީ މުވައްޒަފުންގެ ހިއްވަރާ ބުރަ މަސައްކަތުން” ކަމަށެވެ.

ކުރިނބީ ކައުންސިލަށް ހދ. އަތޮޅު ރޭންކިންގެ އެއްވަނަ ލިބިފައިވަނީ 0.1728 މާކްސް ލިބިގެންނެވެ. ރޭންކިންގެ ދެވަނަ ލިބިފައިވަނީ ވައިކަރަދޫ ކައުންސިލަށެވެ. ވައިކަރަދޫ ކައުންސިލަށް ލިބިފައިވަނީ 0.1344 މާކްސް އެވެ. އަދި ތިންވަނަ ލިބުނު މަކުނުދޫ ކައުންސިލަށް ލިބިފައިވަނީ 0.1324 އެވެ.

އިންތިހާބީ ތިން ކައުންސިލަރުންގެ އިތުރުން ކުރިނބީ ކައުންސިލްގައި މަސައްކަތްކުރަނީ އެސިސްޓެންޓް ޑިރެކްޓަރަކާއި، ފައިނޭންސް އޮފިސަރަކާއި، އެޑްމިން އޮފިސަރ އަދި އެސިސްޓެންޓް އެޑްމިން އޮފިސަރެއްގެ އިތުރުން މަސައްކަތު 2 މުވައްޒަފުންނެވެ.