ހދ. އަތޮޅުން ރޭންކިންގެ އެއްވަނައިގައި ކުރިނބީ ކައުންސިލް
ކައުންސިލްތަކުގެ ރޭންކިންގް މިއަދު އިއުލާން ކޮށްފައިވާއިރު ހދ އަތޮޅުން ރޭންކިންގް އެއްވަނަ ކުރިނބީ ކައުންސިލަށް ލިބިއްޖެއެވެ.
މިގޮތުން ކުރިނބީ ކައުންސިލަށް ރޭންކިންގް އެއްވަނަ ލިބިފައިވަނީ ލާމަރުކަޒީ ދުވަހާއި ގުޅިގެން ބާއްވާ ޙަރަކާތްތަކުގެ ތެރެއިން ކައުންސިލްތަކުގެ ރޭންކިންގ 2017 އިއުލާން ކުރުމަށް މިއަދު ހެނދުނު ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހދ. އަތޮޅު ކައުންސިލްތަކުގެ ރޭންކިންގ އަށް ބަލާއިރު، އެއްވަނައިގައި ކުރިނބީ ކައުންސިލް އޮތްއިރު، ރޭންކިންގެ ދެވަނައިގައި އޮތީ ވައިކަރަދޫ ކައުންސިލެވެ. އަދި ރޭންކިންގެ ތިންވަައިގައި އޮތީ މަކުނުދޫ ކައުންސިލެވެ.
ހދ އަތޮޅު ކައުންސިލްތައް ރޭންކިންގައި:
1- ހދ.ކުރިނބީ
2- ހދ.ވައިކަރަދޫ
3- ހދ.މަކުނުދޫ
4- ހދ.ކުޅުދުއްފުށި
5- ހދ.ނޮޅިވަރަންފަރު
6- ހދ.ނޮޅިވަރަން
7- ހދ.ހިރިމަރަދޫ
8- ހދ.ނެއްލައިދޫ
9- ހދ.ނާވައިދޫ
10- ހދ.ކުމުންދޫ
ކައުންސިލްތަކުގެ ރޭންކިންގ 2017 ގައިހިމެނިފައި ނުވާ ކައުންސިލްތަކުގެ ތެރޭގައި މިއަތޮޅުން ހިމެނެނީ ހަނިމާދޫ، ފިނޭ އަދި ނޭކުރެންދޫ ކައުންސިލެވެ.
ރޭންކިންގ ދިނުމުގައި އެލްޖީއޭއިން ބަލަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަމަލުކުރުން، އިފެކްޓިވްނެސް، ޕާޓިސިޕޭޝަން، އެކައުންޓަބިލިޓީ، އަދި ސެކިއުރިޓީ އަށެވެ.
މިހާރު ހިނގަމުން މިދަނީ ކައުންސިލްތަކުގެ ތިންވަނަ ދައުރެވެ. ތިންވަނަ ދައުރަށް ކައުންސިލްތައް ހުވައިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ވީމާ މި ރޭންކިން އިން ދައްކުވައިދެނީ ދެވަނަ އަދި ތިންވަނަ ދައުރުގެ ކައުންސިލްތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާއެވެ.