ދީނީ ދަރުސް ދިނުނުގެ 2 ޕްރޮގްރާމެއް ކުރިއަށްގެންސްފި
ހދ. ކުރިނބީ ކައުންސިލާއި މަހަލްދީބު ޖަމްއިއްޔާ ގުޅިގެން ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް “ތަރުބިއްޔަތު ޕްރޮގްރާމު”ގެ ތެރެއިން އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ދަރުސް އަކާއި، ސްކޫލު ދަރިވަރުންނަށް އަމާޒުކޮށް ދަރުސްއެއް ދީފިއެވެ.

އެގޮތުން އާންމު ރައްޔިތުންނަށް ދަރުސް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 09:00 ގައި ކުރިނބީ ޒުވާނުންގެ މަރުކަޒުގައެވެ. އަދި ސްކޫލު ދަރިވަރުންނަށް ދަރުސް ދިނުނުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މެންދުރުފަހު 14:00 ގައެވެ.
ދަރުސް ދެއްވާފައިވަނީ އައްޝައިޙް މުޙައްމަދު އަނިލްއެވެ. ކުރިނބީ ޒުވާނުންގެ މަރުކަޒުގައި އިއްޔެ ބޭއްވި ދަރުސް ދިނުމުގެ މި 2 ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.