ޕްރީސްކޫލް ފަންޑްރައިސިން އިވެންޓަށް 10051 ރުފިޔާ ލިބިއްޖެ
ކުރިމަގު ޕްރީސްކޫލަށް ފަންޑްރައިސް ކުރުމަށް ހެދިކާ މައުރަޒެއް ބާއްވައިފިއެވެ.
ހެދިކާ މައުރަޒު ބާއްވާފައިވަނީ މާރޗް 15 ވީ ހުކުރު ދުވަހުގެ ހަވީރު 16:30 އިން ފެށިގެން 18:00 އަށް ކުރިނބީ ބަނދަރު ސަރަހައްދުގައެވެ.
ކުރިމަގު ޕްރީސްކޫލް ފަންޑްރައިސިން މި އިވެންޓަށް ޖުމްލަ 10051 ރުފިޔާ ލިބިފައިވެއެވެ. މި އިވެންޓްގައި ހެދިކާ އާއި އެކި ތަކެތި ތައްޔާރުކޮއްދީފައިވާ ބެލެނިވެރިންނަށް ޝުކުރު ދަންނަވަމެވެ.
ކުރިމަގު ޕްރީސްކޫލަކީ ބެލެނިވެރިންގެ އަތުން ފީ ނަގައިގެން ހިންގަމުން އަންނަ ޕްރީސްކޫލެކެވެ.