1440 ވަނަ އަހަރުގެ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ އާމިނަތު ޝައިބާއަށް

16 މާރޗް 2019 ވީ ހޮނިހިރު ދުވަހު ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގައި ބޭއްވުނު 1440 ވަނަ އަހަރުގެ ކައުންސިލް ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއް ވަނައަށް ދިލްބަހާރުގެ އާމިނަތު ޝައިބާ ހޮވިއްޖެއެވެ. މުޅި މުބާރާތުން ދެ ވަނައަށް ހޮވިފައިވަނީ ޕެނަމާ ސައުސަން ޢަބްދުﷲ އެވެ. 3 ވަނަ އަށް ހޮވިފައިވަނީ އާގެ ޖުމާނާ ހަސަން އެވެ.

 

މީގެ އިތުރު ވަނަވަނައަށް ހޮވިފައިވާ ދަރިވަރުންނަކީ:

9 އަހަރުންދަށް ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ – ފާޠިމަތު ޒާރާ ބިންތި ޙުސައިން

9 އަހަރުންމަތި ބަލައިގެން ކިޔެވުމުގެ ގޮފިން 5 ފޮތުން ކިޔެވުމުގެ ބައިން 1 ވަނަ – އާމިނަތު ޝައިބާ

9 އަހަރުންމަތި ބަލައިގެން ކިޔެވުމުގެ ގޮފިން 5 ފޮތުން ކިޔެވުމުގެ ބައިން 2 ވަނަ – ރައުލާ ޢަބްދުއްސަލާމް

9 އަހަރުންމަތި ބަލައިގެން ކިޔެވުމުގެ ގޮފިން 5 ފޮތުން ކިޔެވުމުގެ ބައިން 3 ވަނަ – ފާޠިމަތު ލައުޒާ

9 އަހަރުންމަތި ބަލައިގެން ކިޔެވުމުގެ ގޮފިން 10 ފޮތުން ކިޔެވުމުގެ ބައިން 2 ވަނަ – ފަރްޝާ ޢަބްދުއްރަޙްމާން

9 އަހަރުންމަތި ބަލައިގެން ކިޔެވުމުގެ ގޮފިން 10 ފޮތުން ކިޔެވުމުގެ ބައިން 3 ވަނަ – ފާޠިމަތު ސިނާ މުޙައްމަދު

9 އަހަރުންމަތި ބަލައިގެން ކިޔެވުމުގެ ގޮފިން 20 ފޮތުން ކިޔެވުމުގެ ބައިން 1 ވަނަ – ޝައުސަން ޢަބްދުﷲ

9 އަހަރުންމަތި ބަލައިގެން ކިޔެވުމުގެ ގޮފިން 20 ފޮތުން ކިޔެވުމުގެ ބައިން 2 ވަނަ – ޖުމާނާ ޙަސަން

 

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދީފައިވަނީ “އެންމެ އަލިގަދަތަރި” ޕްރޮގްރާމުގެ އިސް ފަނޑިޔާރު އަލް ޤާރީ އިބްރާހިމް ޝިފާޢު އެވެ. އަދި މީގެ އިތުރުން އަލް ޤާރީ އިބްރާހިމް ނައީމް އާއި އަލް އުސްތާޒް އަޙްމަދު ހާޝިމް ވެސް މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދީފައިވެއެވެ.

މި މުބާރާތަކީ ހދ. އަތޮޅު ޤުރުއާން މުބާރާތަށް ދަރިވަރުން ނެގުމަށް ރަށުފެންވަރުގައި ބޭއްވުނު ޤުރުއާން މުބާރާތެކެވެ. މި އަހަރުގެ އަތޮޅު ޤުރުއާން މުބާރާތަށް ހޮވުނު 8 ދަރިވަރުންނަކީ:

  1. ފާޠިމަތު ޒާރާ ބިންތި ހުސައިން (9 އަހަރުންދަށް – އަންމާފޮތުން)
  2. އާއިޝަތު އީނާލް ޖައުފަރު (9 އަހަރުންދަށް – އަންމާފޮތުން)
  3. އާމިނަތު ޝައިބާ (9 އަހަރުންމަތި – 5 ފޮތުން)
  4. ރައުލާ އަބްދުއްސަލާމް (9 އަހަރުންމަތި – 5 ފޮތުން)
  5. ފަރްޝާ އަބްދުއްރަޙްމާން (9 އަހަރުންމަތި – 10 ފޮތުން)
  6. ފާޠިމަތު ސިނާ މުޙައްމަދު (9 އަހަރުންމަތި – 10 ފޮތުން)
  7. ސައުސަން ޢަބްދުﷲ (9 އަހަރުންމަތި – 20 ފޮތުން)
  8. ޖުމާނާ ހަސަން (9 އަހަރުންމަތި – 20 ފޮތުން)
ކޮޕީރައިޓް © 2019، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް