ވޮލީމުބާރާތުގެ ޗެންޕިއަންކަން “ރޯޅި” ހޯދައިފި
ކުރިނބީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރު ފިތުރުއީދުގެ މުނާޞަބަތުގައި ބޭއްވި ވޮލީ މުބާރާތުގެ ޗެންޕިއަންކަން ޓީމް “ރޯޅި” ހޯދައިފިއެވެ.
ޖުމްލަ ހަތަރު ޓީމް ވާދަކުރި މި މުބާރާތުގެ ޗެންޕިއަންކަން “ރޯޅި” ހޯދާފައިވަނީ، ފައިނަލް މެޗްގައި ޓީމް “ރާޅުވެސް” ސީދާ 3 ސެޓް އިން ބަލިކޮށް، ފައިނަލް މެޗް ކާމިޔާބު ކޮށްގެންނެވެ.
ރީތީ މޮޅު ކުޅުމެއް ފެނުނު މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދައިފައިވަނީ ރާޅުވެސް ޓީމްގެ ޖޯޒީ ނަންބަރ 9 އަބްދުﷲ ބަދީޢު އެވެ.

މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން ހޮވާފައިވާއިރު، އެ ކުޅުންތެރިންނަކީ:
- އަބްދުﷲ ބަދީޢު / ޖާޒީ ނަންބަރ 9 / ޓީމް ރާޅުވެސް
- ނަސްރުﷲ މުހައްމަދު / ޖާޒީ ނަންބަރ 5 / ޓީމް ރޯޅި
- ހުސައިން ފަޒީލް / ޖާޒީ ނަންބަރ 5 / ޓީމް ކަނބުލޮ
- އާރިފް އަބޫބަކުރު / ޖާޒީ ނަންބަރ 11 / ޓީމް ރާޅުވެސް
- މުހައްމަދު އަފްސަލް / ޖާޒީ ނަންބަރ 13 / ޓީމް ރޯޅި
- އަބްދުﷲ ވަސީމް / ޖާޒީ ނަންބަރ 20 / ޓީމް ރާޅުވެސް

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ޓީމް ރާޅުވެސް ގެ ޖާޒީ ނަންބަރު 21 ޒާއިދު އަބްދުﷲ އެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުރިނބީ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރުގެ ރޫހް އާލާކޮށް އިޖްތިމާއީގުޅުން ވަރުގަދަކުރުމާއެކު ފިތުރުއީދު ފާހަގަކުރުމެވެ.

މިއަންނަ އަހަރުގެ ފިތުރު އީދު ގައިވެސް ވޮލީ މުބާރާތް އޮންނާނެކަމަށް ކައުންސިލް އިން ވަނީ މިއަދު އިޢުލާން ކުރައްވާފައެވެ.