ފާއިތުވެދިޔަ 2 އަހަރު ލޯކަލް ކައުންސިލް ރޭންކިންގެ ހދ.އަތޮޅުން އެއްވަނައިގައި ކުރިނބީ ކައުންސިލް

ލޯކަލް ކައުންސިލްތަކުގެ ރޭންކިންގް އިއްޔެ އެލްޖީއޭގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު ހދ.އަތޮޅުން ފާއިތުވެދިޔަ 2 އަހަރުވެސް އެއްވަނަ ލިބިފައިވަނީ ކުރިނބީ ކައުންސިލަށްކަން ހާމަވެއްޖެއެވެ.

އެގޮތުން އެލްޖީއޭއިން އިއްޔެ އާންމުކޮށްފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ކައުންސިލްތަކުގެ ޕަރފޯމަންސް އެވެ.

2017 ވަނަ އަހަރުގެ ރޭންކިން އަށް ބަލާއިރު ހދ. އަތޮޅުގެ ކައުންސިލްތަކުގެ ތެރެއިން އެއްވަނައިގައި ކުރިނބީ ކައުންސިލް އޮތްއިރު، ދެވަނައިގައި އޮތީ ވައިކަރަދޫ ކައުންސިލެވެ. އަދި ރޭންކިންގެ ތިންވަައިގައި އޮތީ މަކުނުދޫ ކައުންސިލެވެ.

2018 ވަނަ އަހަރުގެ ރޭންކިން އަށް ބަލާއިރު ހދ. އަތޮޅުގެ ކައުންސިލްތަކުގެ ތެރެއިން އެއްވަނައިގައި ކުރިނބީ ކައުންސިލް އޮތްއިރު، ދެވަނައިގައި އޮތީ ނައިވާދޫ ކައުންސިލެވެ. އަދި ރޭންކިންގެ ތިންވަައިގައި އޮތީ ނޮޅިވަރަންފަރު ކައުންސިލެވެ.

ލޯކަލް ކައުންސިލް ރޭންކިންގ މިންކުރުމުގައި އެލްޖީއޭއިން ބަލަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަމަލުކުރުމާއި، އިފެކްޓިވްނެސްއަށާއި، ޕާޓިސިޕޭޝަން އަދި އެކައުންޓަބިލިޓީގެ އިތުރުން ސެކިއުރިޓީ އަށެވެ.

މިހާރު ހިނގަމުން މިދަނީ ކައުންސިލްތަކުގެ ތިންވަނަ ދައުރެވެ. ތިންވަނަ ދައުރަށް ކައުންސިލްތައް ހުވައިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.