ކުރިނބީގެ ކޮންމެ ގެއަކަށް އީދު ހަދިޔާގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ޕެކެޓެއް
ހދ ކުރިނބީގެ ކޮންމެ ގެއަކަށް އީދު ހަދިޔާގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ޕެކެޓެއް ހަދިޔާކޮށްފި އެވެ. “އީދު ހަދިޔާ” ރައްޔިތުންނަށް ހަދިޔާކުރީ ކައުންސިލްގެ ފަރާތުންނެވެ.
ކުރިނބީގައި ގާތްގަނޑަކަށް 100 ގޭބިސީ ހުންނައިރު އެއިން ކޮންމެ ގެއަކަށް ވަނީ ކުކުޅަކާއި ހަނޑޫ ޕެކެޓެއް ހަދިޔާކޮށްފަ އެވެ. އަދި މީގެ އިތުރުން ރަށުގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އީދު ހަދިޔާ ބަހާފައިވެ އެވެ.
އީދު ހަދިޔާގެ ގޮތުގައި ކައުންސިލުން ބަހާފައިވަނީ ކޮންމެ ގެއަކަށް 1200 ގުރާމްގެ ކުކުޅަކާއި 1 ކިލޯގެ ބާސްމަތީ ރައިސް ޕެކެޓެކެވެ.