ކުރިނބީ ކައުންސިލްގެ މެމްބަރުން ހުވާ ކުރައްވައިފި
ހދ.ކުރިނބީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލްގެ ރައީސާއި މެމްބަރުން ހުވާކުރައްވައިފިއެވެ.
ހދ.ކުރިނބީ ކައުންސިލްގެ ކައުންސިލަރުންގެ ހުވާކުރުމުގެ ދަރުބާރު ބޭއްވުނީ، 17 މެއި 2021 ދުވަހު 10:00 ގައި ކުރިނބީ އިޖުތިމާއީ މަރުކަޒުގައެވެ.
މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް، އަދި މެންބަރުން ހުވާކުރެއްވީ އޮންލައިން ކޮށެވެ. މިރަސްމިއްޔާތު ތަޢާރަފްކޮށްދެއްވީ ހދ. ކުރިނބީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޢަލީ ޒިޔާދު އަޙްމަދުއެވެ.