ކުރިނބީ ކައުންސިލްގެ ނައިބު ރައީސަކަށް މުޙައްމަދު ޞިޔާޙް އިންތިޚާބު ކޮށްފި

މިއަދު ބޭއްވުނު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ޢާއްމު ޖަލްސާއިން ކައުންސިލްގެ ނައިބު ރައީސްކަމުގެ މަޤާމަށް ކައުންސިލްގެ މެންބަރު ހދ. ކުރިނބީ / ބަގީޗާގެ، މުޙައްމަދު ޞިޔާޙް އިންތިޚާބު ކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮއްފައިވަނީ ކައުންސިލްގެ ނައިބު އިންތިޚާބުކުރުމަށެވެ. ކައުންސިލްގެ ނައިބު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 2 މެންބަރަކު ކުރިމަތިލެއްވިއެވެ. 3 ވޯޓްގެ އަޣުލަބިއްޔަތުން ނާއިބު ރައީސްގެ މަގާމު ކާމިޔާބުކުރެއްވީ މުޙައްމަދު ޞިޔާޙް އެވެ. މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ.