ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަތުން
ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކެއްގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ނޯޕޭ ލީވް ނަގަން މަޖުބޫރު ކުރުވުމާއި، ބައެއް ފަރާތްތަކުން ވަޒީފާއިން ވަކިކުރާކަމުގެ މައުލޫމާތު ލިބެމުންދާތީ ކުރިނބީގެ ރައްޔިތުންނާއި، ކުރިނބީގައި ދިރިއުޅޭ އާއިލާތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން 1 މާރޗް 2020 އިން ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.